ކުޑަކުދީންގެ ދުވަސް ފާހަގަކުރުން

18 ޖުލައި 2023 - 16:19

ބައިނަލް އަގުވާމީ ކުޑަކުދީން ދުވަސް މިއަހަރުވެސް ކުރިއަށް ގެންދެވުނުވެ. މިހަރަކާތް ކުރިއަށް ގެންދެވުނީ މަޑަވެލި ކައުންސިލާއި ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައިވެރި ވެގެން މަޑަވެލި ކައުންސިލް ކުރިމަތީގައި އޮންނަ ޗިލްޑްރަންސް ޕާރކްގައެވެ. މިހަރަކާތުގައި މަޑަވެލި ސްކޫލާއި، މަޑަވެލި ސިއްހީ މަރުކަޒުން ސްޓޯލް ހަދައި ކުޑަކުދީން ޝަޢުވެރިވާ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ.