·         ކައުންސިލް އެސިސްޓެންޓް އެގްޒެކްޓިވްގެ މަޤާމުގައި ހުރި އިލްހާމް މުޙައްމަދު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 30 ޖަނަވަރީ 2023 ގައި ހަމަޖެއްސުނެވެ.

·         އެސިސްޓެން ކައުންސިލް އޮފިސަރ އައިޝަތު ސުހާ މުޙައްމަދު 13 ޖޫން 2023ގައި ވިހެމުގެ ޗުއްޓީ ނެގުމާއި ގުޅިގެން އެސިސްޓެން ކައުންސިލް އޮފިސަރ (ކޮންޓްރެކްޓް) މަޤާމަށް ފާޠިމަތު ނަޖިބާ 18 ޖޫން 2023 ގައި ހަމަޖެއްސުނެވެ.

·         އެސޯސިއޭޓް ކައުންސިލް އޮފިސަރ ޣައްސާނު މުނީރު 14 މާރިޗް 2023ގައި އެހެން އޮފީހަކަށް ބަދަލުވުމާއި ގުޅިގެން އެމަޤާމަށް މުޙައްމަދު އަޙްމަދު 16 މެއި 2023 ގައި ހަމަޖެއްސުނެވެ.

·         ސީނިއަރ ކައުންސިލް އޮފިސަރ ޒަމީމާ ވަޙީދު އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މަގާމަށް ބަދަލުވުމާއި ގުޅިގެން ސީނިއަރ ކައުންސިލް އޮފިސަރ މަގާމަށް އިޢުލާންކޮށްގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ  މަތިން މާރކްސް ލިބިފައިވާ ގދ.މަޑަވެލި/ ނިވްލައިފް، މިނާ ޢަލީ ރަޝީދު 15 ނޮވެމްބަރ ގައި ސީނިއަރ ކައުންސިލް އޮފިސަރ ވަޒީފާއަށް ހަމަޖެހިފައިވޭ.

·         ފައިނޭންސް އޮފިސަރ އަޒްނިފާ ޢަބްދުﷲ ފައިނޭންސް އޮފިސަރ (MS2) މަގާމަށް 01 އޮގަސްޓް 2023ގައި ވަނީ ބަދަލުކުރެވިފައެވެ.

·         ފައިނޭންސް އޮފިސަރ އަޒްނިފާ ޢަބްދުﷲ ފައިނޭންސް އޮފިސަރ (MS2) މަގާމަށް 01 އޮގަސްޓް 2023ގައި ވަނީ ބަދަލުވުމާއި ގުޅިގެން ފައިނޭންސް އޮފިސަރ (MS1) މަޤާމަށް 3 ފަހަރު ޢިއުލާންކުރުމުންވެސް އަސާސީ ޝަރުތު ހަމަވާ ފަރާތެއް ނުލިބުމުން އެމަޤާމާއި ލިންކްކޮށް، އެސިސްޓެންޓް ފައިނޭންސް އޮފިސަރ (ކޮންޓްރެކްޓް) (GS3) ގެ މަގާމެއް އުފައްދައި އެމަޤާމަށް އިޢުލާންކޮށްގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބިފައިވާ ގދ.މަޑަވެލި/ ހަނދުވަރީގެ، ފާޠިމަތު ނަޖީބާ 16 ނޮވެމްބަރ 2023 ގައި ވަޒީފާއަށް ހަމަޖެހިފައިވޭ.

·         ކައުންސިލް އެސިސްޓެންޓް މަގާމަށް، ގދ.މަޑަވެލި ނާރެސް އާސިޔަތު ނަޖިބާ ކޮންޓްރެކްޓް ހަމަވުމާއި ގުޅިގެން އެމަޤާމަށް އިޢުލާންކޮށްގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބިފައިވާ ޒިޔާދާ ދާވޫދު، ޕިންކް ކޮރަލް/ ގދ. މަޑަވެލި 22 ނޮވެމްބަރ 2023 ގައި ވަޒީފާއަށް ހަމަޖެހިފައިވޭ.

·         ކައުންސިލްގެ އޮނިގަނޑުގައި އަލަށް އުފައްދާފައިވާ ކައުންސިލް އެސިސްޓެންޓް (މިސްކިތު މުވައްޒަފު) މަގާމަށް، އިޢުލާންކޮށްގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބިފައިވާ ފާރިދު މުޙައްމަދު، ވާރޭވިލާ/ގދ.މަޑަވެލި 01 އޮގަސްޓް 2023 ގައި ވަޒީފާއަށް ހަމަޖެހިފައިވޭ.

·         ވޭސްޓް މެނޭޖްމެންޓް އެސިސްޓެންޓްގެ މަޤާމްގެ ކޮންޓްރެކްޓް ހަމަވުމާއި ގުޅިގެން އެމަގާމަށް  04 ޖުލައި 2023 ވަނަ ދުވަހު ޒަރިއްޔާ ވަހީދު، އުފާ/ ގދ. މަޑަވެލި، 09 ޖުލައި 2023 ވަނަ ދުވަހު ފާޠިމަތު ޢަލީ، މިސްރީގެ/ ގދ. މަޑަވެލި އަދި 16 ޖުލައި 2023 ވަނަ ދުވަހު ޒިޔާދާ ދާވޫދު، ޕިންކް ކޮރަލް/ ގދ. މަޑަވެލި ހަމަޖެއްސުނެވެ. 

·         ގދ.މަޑަވެލި އިޖްތިމާޢީ މަރުކަޒުގެ އ.ކައުންސިލް އޮފިސަރ (ކޮންޓްރެކްޓް) މަގާމަށް ގދ.މަޑަވެލި ހުޅަގުއަލިވާގެ ޢާއިޝަތު ނަފްހާ ޙަސަން 01 ފެބްރުއަރީ 2023 ގައި ވަޒީފާއަށް ވަކިކުރުމަށް އެދުމާއި ގުޅިގެން، މަޑަވެލި ޔޫތު ސެންޓަރ ގެ އެސިސްޓެންޓް ކައުންސިލް އޮފިސަރގެ މަގާމަށް ޝާނީ އަޙްމަދު، ނާރެސް/ ގދ. މަޑަވެލި 17 ޖުލައި 2023 ގައި ހަމަޖެއްސުނެވެ.

މިކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ރަށު ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ރަށުގެ ރައްޔިތުންނަށެވެ.

މިކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ރަށު ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ރަށުގެ ރައްޔިތުންނަށެވެ.

ޓެބްތަށް ހިމެނިފައިވާ ބައެއް