ފެނުގެ ނިޒާމް ގާއިމްކުރުމަށް ކުރާ މަސައްކަތް

3 ޖެނުއަރީ 2024 - 11:09

އިންޑިއާ ކުންފުންޏާއި އެކު މިނިސްޓަރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ  ޕްރޮޖެކްޓް ކޯޑިނޭޓަރ މުޙައްމަދު ޝަފްރާޒް މިއަދު ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ. އިންޑިއާ ކުންފުނިން މިބައްދަލުވުމުގައި ބައިވެރި ވަޑައިގަތީ އާސިފް ޢަލީ ޚާން އާއި އާނަންދު ޕަޓްރަވަލީއެވެ. މިބައްދަލު ވުމުގައި ހައުސް ކަނެކްޝަން މަދުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ފުޓްބޯޅަ ދަނޑު ކައިރިން އަޅާފައިވާ މަގުބައްތި ކޭބަލް ހަލާކުވެފައިވާތީ އެކަމާއި ސަމާލުކަމަށް ދެންނެވުނެވެ. އަދި ޕްރޮޖެކްޓް އިންޑިއާ ކުންފުނިން ނިންމާފައިވާތީ އެމަސައްކަތް ކުރިގޮތް ބެލުމަށް ޕްރޮޖެކްޓް ކޯޑިނޭޓަރ ސައިޓަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ރަގަޅު ކުރަންޖެހޭ ކަންކަން ބައްލަވާލެއްވިއެވެ. ފެނުގެ ނިޒާމް ގާއިމްކުރުމަށް ހޮޅިއަޅައި ޓެސްޓްކޮށް ގެތަކަށް ފެންދޫކުރަން ފެށޭނީ މިޕްރޮޖެކްޓް ފެނަކައާއި ޙަވާލުވުމަށް ފަހުގައެވެ. ފެނަކާއި ހަވާލުކުރުމަށް މަސައްކަތް ނިންމިފައިވާ މިންވަރު ޕޮރޮޖެކްޓް ކޯޑިނޭޓަރ ބެލުމަށް ފަހު ރަގަޅު ކަމުގައިވާނަމަ ކައުންސިލުން ފެނަކާއި ޙަވާލުކުރުމަށް ހުއްދަދޭނެއެވެ.