ހުވައިކުރުމުގެ ދަރުބާރު

18 ޖެނުއަރީ 2024 - 14:09

ހުވަދު އަތޮޅު  ދެކުނުބުރީ މަޑަވެލި ކައުންސިލް އިދާރާއިން ހުސްވެފައިވާ މަގާމަށް ބައި އިލެކްޝަނުން ހޮވުނު ކައުންސިލް މެމްބަރ ހުވައި ކުރުމުގެ ދަރުބާރު މަޑަވެލި ކައުންސިލް ހޯލުގައި  މިއަދު ކުރިއަށް ދިޔައެވެ.  ހުވައި ލައި ދެއްވީ މަޑަވެލި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޝާޠިރު ޙަސަން އެވެ. މަޑަވެލީ ކައުންސިލްގެ ބައި އިލެކްޝަން ޢަރީފް ޢަބްދުﷲ .ގދ.މަޑަވެލި / ވާދީ، ކާމިޔާބުކުރީ އެއްވެސް އިންތިޚާބަކާއި ނުލައެވެ. އިތުރު ފަރާތުން ކުރިމަތި ލާފައި ނުވާތީ ޢަރީފް ޢަބްދުﷲ  ހޮވުނީ .ޕީއެންސީ  ޓިކެޓްގައެވެ