ފިޝަރީޒް މިނިސްޓްރީއިން ފަންޑުކޮށްގެން މަޑަވެލީގައި 09 މެއި 2023 ގައި އަޅަންފެށި އައިސް ޕްލާންޓްގެ މަސައްކަތް ހުއްޓިއްޖެއެވެ. މިމަސައްކަތް ނިންމަން 31 އޮގަސްޓް 2023 އަށް ތާވަލު ކުރި ކަމުގައި ވިޔަސް ފެނަކައިން މިމަސައްކަތް މުއްދަތަށް ނިންމާފައި ނުވެއެވެ. މިއީ ސަރުކާރުން ފަންޑުކޮށްގެން ކުރިއަށް ގެންދިޔަމަސައްކަތެކެވެ.