މަޑަވެލި ނަރުދަމާ ނިޒާމް ގައިމް ކުރުމަށް 2018 ވަނަ އަހަރު އެސް.ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ގެ ރިޔާސީ ދަވްރު ނިމެން ގާތްވެފައި ވަނިކޮށެވެ. މިޕްރޮޖެޓް އެސް.ޖޭ އަށް އެސްޓީއޯ އިން ތަކެތި ފޯރުކޮށްދިނެވެ. ނަމަވެސް މަސައްކަތް އަމަލީ ގޮތުން މަސައްކަތް ފެށިފައި ނުވެއެވެ. އަދި ވެރިކަން ބަދަލުވެ އަލުން ހަމަ އެޕްރޮޖެކްޓް ހަވާލުކުރީވެސް އެސްޖޭއާއި އެވެ. ނަރުދަމާ އެޅުމަށް ވަޅުލަންޖެހޭ ހޮޅި ވަޅުލަން އެސްޖޭއިން ހަވާލުކުރީ ސަބް ކުންފުންޏަކާއެވެ. ނަމަވެސް އެކުންފުނިން އެކަން ކުރަމުން ގެންދިޔައީ އެއްވެސް ބެލުމެއްނެތި ރައްޔިތުންނަށް ގެއްލުންވާ ގޮތަށެވެ. ގޭގެ އަށް ކަރަންޓްލުމަށް އަޅާފައިވާ އަމިއްލަ ކޭބަލްތައް ބުރިކޮށް އެދެވޭ ހައްލެއް ގެނެސް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވެއެވެ. މިމަސައްކަތުގެ 20 ޕަސެންޓް މަސައްކަތް އަދި ނިމިފައި ނުވާކަން ފާހަގަވެއެވެ. އަދި މިހާރު ވަނީ މަސައްކަތް ހުއްޓާލާފައި ތަކެތި ގެންގޮސްފައެވެ. އަދި މިމަސައްކަތް ނިމޭނެ ދުވަހައް ލަފަކޮށްލަންވެސް ނޭގެއެވެ.

ޓައިމްލައިން

މަސައްކަތް ފެށުން

01 ފެބްރުއަރީ 2022

މަސައްކަތް  ނުނިމި ހުއްޓިފައި

ޕްރޮޖެކްޓުގެ ވިހި އިންސައްތަ މަސަތްކަތް ނިމުން

17 އޯގަސްޓު 2022

ރަށުގައި ހޮޅިވަޅުލާ ނުނިމި އަދި ޖަންގްޝަން ހެދުންވެސް ނުނިމޭ